Wednesday, May 28, 2014

ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ
 އުނގަންނައި ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކޮންމެ މުދައްރިސަކީވެސް އުނގަންނައިދިނުމުގެ ހުނަރާއި މައުލޫމާތު ހުރި ބައެއްކަމުގައި ވާންޖެހެއެވެ. އެހެންކަމުން މުދައްރިސުން، އެމީހުންގެ މަސައްކަތްތައް ވަކި އުޞޫލަކާއި ހަމަތަކެއްގެ މަތިން ބިނާކުރުން ވަރަށް މުހިއްމެވެ. އެގޮތުން ދަރިވަރުންގެ ވިސްނުން ތަރައްޤީވަމުން އަންނަގޮތާއި، ދަސްކުރާގޮތް ދެނެގަނެ މާހައުލާއި، ޘަޤާފަތުން އަދި އިޖުތިމާޢީ ގުޅުންތަކުގެ ސަބަބުން ދަރިވަރުގެ އުނގެނުމަށްކުރާ އަސަރު ދެނެގަތުމަކީ މުދައްރިސުންނަށް ކުރެވިދާނެކަމެކެވެ.
އުނގެނުމަށް ފަހި މާހައުލެއް އުފެއްދުން
 އުނގަންނައިދިނުމަށް ފަހި މާހައުލެއް އުފެއްދުމަށްޓަކައި ކްލާސްރޫމް މެނޭޖްމަންޓަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން ކުލާސް މެނޭޖްކޮށްފައި އޮންނަ ގޮތަކީ ކުދިންގެ ކިޔެވުމަށް އަސަރުތަކެއް ކުރާ ކަމެކެވެ. އެގޮތުން ކްލާސްރޫމް ރަނގަޅަށް ރާވާލާފައި އޮތުމަކީވެސް ފިލާވަލުތައް ކުރިޔަށް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. އަދި މީގެ އިތުރުން ކުލާސްރޫމްގައި ހެދޭ ޤަވާއިދުތަކާއި އެ ޤަވާއިދުތަކާއި ޚިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތަކެއް ކަނޑައަޅާފައި ހުރުމަކީ މުހިއްމު ކަމެކެވެ.
އިމްތިޙާން ކުރުމާއި ވަޒަންކުރުން
 އުނގަންނައިދިނުމުގައި ދަރިވަރުންނަށް އެނގިފައިވާ މިންވަރެއް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުދިންގެ ފެންވަރު ބެލުމަކީ އެކަމުގެ ސަބަބުން މުދައްރުސުންނަށާއި، ދަރިވަރުން، އަދި ބެލެނިވެރިންނަށްވެސް ފައިދާތަކެއް ވެގެންދާނެކަމެކެވެ. އޭގެތެރޭގައި ކުއްޖާއަށް އެނދިފައިވާ މިންވަރެއް ދެނެގަނެވި، އިތުރަށް މަސައްކަތް ކުރަންޖެހޭނެ ބައިތަކާއި މަސައްކަތްކުރަން ޖެހޭނެ މިންވަރު ދެނެގަނެވެއެވެ. މިކަންތައްތައް ދެނެގަތުމަށް ދަރިވަރުން އިމްތިހާނުކޮށް ވަޒަންކުރަންޖެހެއެވެ.
ކިޔަވައިދޭއިރު ބޭނުންކުރާނެ އެންމެ އެކަށީގެންވާ ގޮތްތަކާއި އުކުޅުތައް
 ކިޔަވައިދިނުމުގައި ތަފާތު ގޮތްތަކާއި އުކުޅުތައް ބޭނުންކުރުމަކީ ކުދިންނަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމެކެވެ. އެގޮތުން ކިޔަވައިދިނުމުގައި ބޭނުންކުރާ ސްޓްރެޓިޖީތައް ބިނާވެފައި ހުންނާނީ ލާރނިންގް ތިއަރީތަކުގެ މައްޗަށެވެ. ފިލާވަޅެއް ކުރިޔަށް ގެންދިޔުމުގައި ތަފާތު ގޮންޖެހުންތަކާއި މުދައްރިސް ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ކަރިކިޔުލަމް، މާހައުލު ހިމެނެއެވެ. އެހެންކަމުން ތަފާތު ޙާލަތްތަކާއި ގުޅޭ ގޮތަށް ސްޓްރެޓިޖީސްތައް ބޭނުންކުރަން ޖެހެއެވެ.
އެޑްރެސިންގް ސްޓޫޑެންޓް ޑައިވާރސިޓީ
ދަރިވަރުންގެ މެދުގައި ފަރުދީގޮތުން ހުންނަ ތަފާތުތަކާއި އެކު ހުރިހާ ކުދިންނަށް އެއްމިންވަރަކަށް އުނގަންނައިދިނުން ކާމިޔާބުކުރުމަށްޓަކައި އެޑެޕްޓިވް ޓީޗިންގް (ހޭނެނިވި އުނގަންނައިދިނުން) އަކީ ވަރަށް ފައިދާހުރި ގޮތެކެވެ. އެއީ ދަރިވަރުންގެ މެދުގައި ހުންނަ ފަރުދީ ތަފާތުތަކާއި އެކުވެސް އެކުދިންނަށް އުނގަންނައިދިނުމުގެ ލަނޑުދަނޑި ހާސިލްކުރެވޭ ގޮތަށް މުދައްރިސް ހޭނިގެން އުނގަންނައިދިނުމެވެ. މީގައި ދެ އެޕްރޯޗެއްވެއެވެ. އެއީ:
ދަރިވަރުންނަކީ ކޮންބައެއްކަން ދެނެގަތުން އަދި ދަރިވަރުންގެ އުނގެނުމުގެ ވައްޓަފާޅި
 ދަރިވަރުންނާއިމެދު ޒަމާނުންސުރެ ދެކެވެމުން އަންނަގޮތަކީ އެއްވެސް މައުލޫމާތެއް ނެތް ހުސް އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް މިއަދުގެ ދިރާސާތަކުން ދައްކާގޮތުގައި މި ރަނގަޅު ވިސްނުމެއް ނޫނެވެ. އުނގަންނައި ދިނުމުގައި ކޮންމެ މުދައްރިސަކުވެސް ވިސްނަން ޖެހޭނެ ކަމަކީ ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަމެވެ. އަދި މިތަފާތުތަކަކީ މުދައްރިސުގެ ހުންނަ ހުނަރުވެރިކަމާއި މޮޅުކަމަކުން ނައްތާލެވޭނެ ތަފަތުތަކެއް ނޫންކަމެވެ. އެހެންކަމުން އުނގަންނައިދިނުމުގައި މިތަފާތުތަކާއި އެކު ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ގޮތެއްގައި އުނގަންނައިދިނުމަށްޓަކައި އެ ދަރިވަރުންނަކީ ކޮންބައެއްކަމާއި އެ ދަރިވަރުންގެ ޠަބީޢަތަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.
ޝައުޤުވެރިކަމާއި ގުޅޭ ތިއަރީތައް
ޝައިޤުވެރިކަމަކީ ވަކިކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލް ކުރުމަށްޓަކައި އެދިމާލަށް މީހާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ އެކަން ޙާޞިލްކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރު ނުވަތަ ސުލޫކެވެ. ޝައުޤުވެރިކަމުގެ ދެ ވައްތަރެއް ވެއެވެ. އެއީ އިންސްޓްރިންސިކް (އަމިއްލަ ޒާތުގައި ވަކިކަމެއް ކުރާ ހިތްވުން) އަދި އެކްސްޓްރިންސިކް މޯޓިވޭޝަން (ޙާލަތާއި ގުޅިފައި) މިއެވެ. ޝައުޤުވެރިކަމާއި ގުޅޭ ތިއަރީތަކަކީ:

Sunday, May 25, 2014

ކޮންސްޓްރަކްޓިވިސްޓް ޕާރސްޕެކްޓިވްސް
ކޮންސްޓްރަކްޓިވް ތިއަރީގެ އިލްމުވެރިން ގަބޫލުކުރާގޮތުގައި ޢިލްމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްޗެއްނޫނެވެ. ނަމަވެސް އުނގެނުން ބިނާވަނީ ކުދިން އުފެދި ބޮޑުވާ މަރުހަލާތަކާއި ގުޅޭގޮތުން ވިސްނޭވިސްނުންތަކާއި އަދި ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ހަރަކާތްތަކެއް މެދުވެރިކޮށެވެ. މި ޚިޔާލު ބިނާވެފައިވަނީ ޕިއާޖޭއާއި ވައިގޮޓްސް ކީ ގެ ތިއަރީގެ މައްޗަށް ބިނާކޮށެވެ.
ޕިއާޖޭ ފާހަގަކުރާ ގޮތުގައި ކުދިންގެ މަޢުލޫމާތު ބިނާވެގެން އަންނަނީ ކުއްޖާ ޢުމުރުން ބޮޑުވަމުން އަންނަ ވަރަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ވިސްނުން މެދުވެރިކޮށެވެ. އެގޮތުން ޕިއާޖޭ ވަނީ ކުއްޖާގެ އުމުރުފުރާގެ ވިސްނުން ތަފާތު މަރުހަލާތަކަކަށް ބަހާލާފައެވެ. ފުރަތަމަ މަރުހަލާ އަކީ ސެންސޮރީމޮޓޯ މަރުހަލާއެވެ.

Tuesday, May 20, 2014

ސޯޝަލް ކޮގްނިޓިވް ލާރނިންގ ތިއަރީ
ސޯޝަލް ކޮގްނިޓިވް ތިއަރީގެ ބާނީ ކަމުގައިވާ ބަންދޫރާ ވިދާޅުވާ ގޮތުގައި، އުނގެނުމަކީ މާހައުލުން ދެނެގަނެވޭ ކަމެއްގެ ސަބަބުން ކުއްޖާގެ ވިސްނުމަށް އަންނަ ބަދަލުތަކެއްގެ އަސަރަކުން، ސުލޫކަށް ބަދަލު އައުމެވެ. މީގައި ފާހަގަކުރާ މައިގަނޑު ކޮންސެޕްޓަކީ 'ރެސިޕްރޯކަލް ރިލޭޝަންޝިޕްއެވެ.' މި ކޮންސެޕްޓު ތަފްޞީލު ކޮށްދެމުން ބަންދޫރާ ފާހަގަ ކުރާގޮތުގައި މިގުޅުމުގައި ވަނީ މައިގަނޑު ތިންބައެކެވެ. އެއީ އެއީ މާހައުލުން ފެންނަކަމެއް، އޭނާގެ ވިސްނުމަށް ބުރަވެ އެކަމެއް އޭނާކުރުމެވެ.  މި ތިންބައި އެއްބައި އަނެއްބަޔާވަނީ ގުޅިލާމެހިފައެވެ.