Friday, April 11, 2014

ބިހޭވިއަރަލް ލާރނިންގ ތިއަރީ
މިތިއަރީގައި އުނގެނުމަކީ، ތަޖުރިބާއެއްގެ ސަބަބުން އުނގެނޭފަރާތުގެ ވިސްނުމަށާއި ސުލޫކަށް އަންނަ ދާއިމީ ބަދަލެކެވެ. މިބަދަލަކީ ގަސްދުގައިވެސް އަދި ގަސްދަކާ ނުލާވެސް ގެނެވިދާނެ ބަދަލެކެވެ. މިސާލަކަށް މީހަކު ތިމާގެ ނަމުން ގޮވައިލުމުން އެނބުރި ބަލާލުމަކީ ބޭރުފުށުން އޭނާގެ ފަރާތުން ހާމަވި ސްލޫކެއް ކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް ސްކޫލަށް ބަލާލާއިރު އިންޓަވަލް ގަޑީގެ ރަނގަބީލްގެ އަޑަށް ކުދިންތައް ގެޔަށްދާން ތައްޔާރުވުމަކީވެސް އެކުދިންގެ ސްލޫކަށް އައި ބަދަލެއްކަމަށް ބެލިދާނެއެވެ. މިއަށް ކިޔަނީ ކްލެސިކަލް ކޮންޑިޝަނިންގ އެވެ.
މި މޮޑެލް ތަޢާރަފް ކޮށްފައިވަނީ އިވާން ޕަވްލޯވް ގެ ތަޖުރިބާތަކަކުންނެވެ. މިތިއަރީގެ ދެން އޮތް މޮޑެލްއަކީ އޮޕަރެންޓް ކަންޑިޝަނިންގ އެވެ. މިއީ ބީއެފް ސްކިނަރ ތަޢާރަފް ކޮށްފައިވާ މޮޑެލްއެކެވެ. މި މޮޑެލްގައި ބުނާގޮތުން ތަފާތު ކަންކަން މެދުވެރިކޮށްގެން ސްލޫކަށް ބަދަލުގެނެވެއެވެ. އެއްގޮތަކީ ރީއިންފޯސްމެންޓްއެވެ. މީގައި ޕޮޒިޓިވް އަދި ނެގެޓިވް ރީއިންފޯސްމެންޓް ވެއެވެ. އޭގެ މިސާލަކީ ކުދިންގެ ލިޔުންރީތިކުރުމަށްޓަކައި އެންމެ ރީތިކޮށްލިޔާކުދިން ފާހަގަކޮށް އެކުދިންނަށް ތަރުހީބު ނުވަތަ އިނާމްދިނުމެވެ. ނެގެޓިވް ރީއިންފޯސްމެންޓުގެ މިސާލަކީ ޕީއީ ގަޑީގައި ޔުނިފޯރމް ހަޑިވެދާނެތީ އެކްޓިވިޓީ ޔުނިފޯރމްލައިގެން އައުމަށް ބުނުމެވެ. ސްލޫކަށް ބަދަލު ގެނެވޭ އަނެއްގޮތެއްކަމަށް ބީއެފް ސްކިނަރ ބުނަނީ ޕަނިޝްމަންޓެވެ. ޕަނިޝްމަންޓުވެސް ޕޮޒިޓިވް އަދި ނެގެޓިވް ކޮށްދެވެއެވެ. ޕޮޒިޓިވް ޕަނިޝްމަންޓުގެ މިސާލަކީ މުދައްރިސް މަޑުކުރުވަފާނެކަމުގެ ބިރަށް އަވަހަށް ފިލާވަޅުތައް ނިންމާލުމެވެ. ނެގެޓިވް ޕަނިޝްމަންޓުގެ މިސާލަކީ ކުލާހުގައި ސަކަރާތްޖެހުމުން އެދުވަހުގެ ޕީއީ ގަޑީގައި އެދަރިވަރު ބައިވެރި ނުކުރުމެވެ.

No comments:

Post a Comment