ޝައުޤުވެރިކަމާއި ގުޅޭ ތިއަރީތައް
ޝައިޤުވެރިކަމަކީ
ވަކިކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލް ކުރުމަށްޓަކައި އެދިމާލަށް މީހާ
އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ އެކަން ޙާޞިލްކުރުމަށް ތަފާތު ކަންތައްތައް
ކުރުވާ ބާރު ނުވަތަ ސުލޫކެވެ. ޝައުޤުވެރިކަމުގެ ދެ ވައްތަރެއް ވެއެވެ. އެއީ
އިންސްޓްރިންސިކް (އަމިއްލަ ޒާތުގައި ވަކިކަމެއް ކުރާ ހިތްވުން) އަދި އެކްސްޓްރިންސިކް
މޯޓިވޭޝަން (ޙާލަތާއި ގުޅިފައި) މިއެވެ. ޝައުޤުވެރިކަމާއި ގުޅޭ ތިއަރީތަކަކީ:
ބިހޭވިއަރަލް
ލާރނިންގް ތިއަރީ
ބިހޭވިއަރިސްޓުން
ޝައުޤުވެރިކަން މާނަކޮށްފައިވަނީ ސުލޫކު ވަކި ގޮތަކަށް ބަދަލުކުރުމެވެ. އެގޮތުން
މިތިއަރީގައި ބުނާގޮތުން ޝައުޤުވެރިކަން އިތުރުކުރެވޭނީ ތަރުހީބުދީގެންނާއި
އިނާމުދީގެންނެވެ. މިސާލަކަށް ލިޔުން ރީތިކުރުމަށް ކުދިންގެ ކިބައިގައި
ޝައުޤުވެރިކަން އުފެއްދުމަށްޓަކައި އެންމެ ރީތިކޮށް ލިޔާކުދިންނަށް ބެޖުދިނުން
ފަދަ ކަންތައްތައް ކުރުމެވެ.
ސޯޝަލް
ކޮގްނިޓިވް ތިއަރީ
ސޯޝަލް
ކޮގްނިޓިވް ތިއަރީގައި އެންމެ ބޮޑު އިސްކަމެއް ދެނީ ބަލައިގެންނާއި، ނަކަލުކޮށް
ނުވަތަ އެހެންމީހުންގެ ތަޖުރިބައިން ދަސްކުރުމަށެވެ. އެހެންކަމުން މި ތިއަރީގެ
ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި ޝައުޤުވެރިކަން ބިނާވެފައިވާނީ އެހެންމީހުންގެ
ތަޖުރިބާތަކުގެ އަލީގައެވެ. މިސާލަކަށް ޢާއިލާގެ ބޭބެއަކު އޯލެވެލުން އެއްވަނަ
ލިބުމުން ބޭބެއަށް ލިބުނު އިނާމާއި އުފާވެރިކަންފެނި ތަޖުރިބާ ކުރެވުމުން،
ކޮއްކޮވެސް ކިޔެވުމަށް ޝައުޤުވެރިވެ އެއްވަނަ ހޯދުމަށް މަސައްކަތްކުރުން.
ކޮގްނިޓިވް
ތިއަރީ
މި ތިއަރީގައި
ޝައުޤުވެރިކަން ބިނާވެފައިވަނީ އުނގެނޭ މީހާގެ އުއްމީދުތަކާއި،
ޤަބޫލުކުރުންތަކާއި، ބޭނުންތަކަށެވެ. މިސާލަކަށް އެއްވަނަ ހޯދަންބޭނުންވާ
ކުއްޖާއަށް ލިބޭނެ އިނާމުތަކަށް ވިސްނާފައި އެކުދިންގެ އެއްވަނަ ހޯދަން
ޝައުޤުއުފެދިގެންދާނެއެވެ.
ހިޔުމަނިސްޓިކް
ތިއަރީ
ހިޔުމަނިސްޓު
ތިއަރީގައިވާގޮތުން ޝައުޤުވެރިކަމާއި ގުޅިފައިވަނީ އިންސާނުންގެ ތަފާތު
ބޭނުންތަކެވެ. އެގޮތުން އެންމެ ފުރަތަމަ ޝައުޤުވެރިކަން ހުންނާނީ ކޮންމެ
މީހެއްގެވެސް އަސާސީ ބޭނުންތައް ފުއްދުމަށެވެ. މި ބޭނުންތައް ފުދުމުން ނޫނީ އޭގެ
މަތީގެ ބޭނުންތަކަށް ޝައުޤުވެރިއެއްނުވާނެއެވެ. މި ގޮތުން އިންސާނުންގެ
ޝައުޤުވެރިކަން އިތުރުވަމުންދާނީ އެއްބޭނުން ފުދުމަށްފަހު އަނެއް ބޭނުން
ފުއްދުމަށެވެ.
ޝައުޤުވެރިކަމަކީ ފިލާވަޅެއް ކުރިޔަށް
ގެންދިޔުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ކަމެކެވެ. އެހެންކަމުން
ޝައުޤުވެރިކަމާއި ގުޅޭ ތިއަރީތަކަށް ބިނާކޮށް ކުދިންގެ ޝައުޤުވެރިކަން
އިތުރުކުރުމަށް މަސައްކަތްކުރުން ވަރަށް މުހިއްމެވެ.
No comments:
Post a Comment