ސޯޝަލް ކޮގްނިޓިވް ލާރނިންގ ތިއަރީ
ސޯޝަލް ކޮގްނިޓިވް ތިއަރީގެ ބާނީ
ކަމުގައިވާ ބަންދޫރާ ވިދާޅުވާ ގޮތުގައި، އުނގެނުމަކީ
މާހައުލުން ދެނެގަނެވޭ ކަމެއްގެ ސަބަބުން ކުއްޖާގެ ވިސްނުމަށް އަންނަ
ބަދަލުތަކެއްގެ އަސަރަކުން، ސުލޫކަށް ބަދަލު އައުމެވެ. މީގައި ފާހަގަކުރާ
މައިގަނޑު ކޮންސެޕްޓަކީ 'ރެސިޕްރޯކަލް ރިލޭޝަންޝިޕްއެވެ.' މި ކޮންސެޕްޓު ތަފްޞީލު
ކޮށްދެމުން ބަންދޫރާ ފާހަގަ ކުރާގޮތުގައި މިގުޅުމުގައި ވަނީ މައިގަނޑު
ތިންބައެކެވެ. އެއީ އެއީ މާހައުލުން ފެންނަކަމެއް، އޭނާގެ ވިސްނުމަށް
ބުރަވެ އެކަމެއް އޭނާކުރުމެވެ. މި
ތިންބައި އެއްބައި އަނެއްބަޔާވަނީ ގުޅިލާމެހިފައެވެ.
މި
ތިއަރީގެ އަލީގައި ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތްތައް
§
ގޯލް ކަނޑައެޅުން:
މިގޮތަށް ގޯލްކަނޑައަޅާއިރު ގުޅިފައިވަނީ ދަރިވަރުން ބަލަން
ބޭނުންވާ، ވަޒަންކުރަން ބޭނުންވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމަށް
ވަކިގޮތްތަކެއް ކަނޑައަޅާ ހެދުމަށެވެ. މިގޮތުން ގޯލުކަނޑައަޅާއިރު ވީހާވެސް
ޚާއްޞަކޮށް ވަކިކަމަކާއި ގުޅޭގޮތަށް ގޯލުކަނޑައެޅުމާއި، ހާސިލްކުރަން އުނދަގޫނޫންކަމެއް
ވިސްނުމާއި، އެހެންމީހުން އެއީ ރަނގަޅުކަމެއްކަމަށް ޤަބޫލުކުރާ ކަމަކަށްވުމާއި،
އެހެންމީހުންގެ ފަރާތުން އެކަންކަން ފުރިހަމަކުރުމަށް ހިތްވަރުލިބޭފަދަ މީހުންގެ
ކުރިމަތީ މަޤުބޫލުކަމަކަށްވުމާއެކު އެކަށީގެންވާ ގޮތަށް ފީޑްބެކްދެވުން
މުހިއްމެވެ. މިސާލަކަށް: ދަރިވަރުންނާއި މުދައްރިސުން ވަށްބުރެއްގޮތަށް އިށީނދެ
ތަފާތު ކަންކަން ނިންމާނެގޮތް ހަމަޖައްސާ އެންމެން އެކަމަށް އެއްބަސްވެ
ކުރެވޭނެކަންކަން ޗާޓެއްގައި ކަނޑައެޅުން
§
އަމިއްލައަށް މޮނީޓަރކުރުން
ދަރިވަރުން
ޙާޞިލްކުރަން ބޭނުންވާ ޓާރގެޓް ސުލޫކަށް ދިއުމަށްޓަކައި ކުރެވޭ ތަފާތުކަންކަން
ރެކޯޑު ކުރެވި އެކަންކަން ތަކުރާރުވާތަން ފެންނަ އަދަދުތައް ބަލަމުން ގެންދެވުން.(
މިސާލަކަށް: ވާހަކަ ދެއްކުމުގެ ކުރިން އަތްއުފުލޭ މިންވަރު ވަކިކާޑެއްގައި
ފާހަގަކުރުން)
§
އަމިއްލައަށް ހިތްވަރުދީ ބާރުއެޅުން:
އެކުދިންނަށް ހާސިލުވާ ކާމިޔާބީ ތަކުގައި އަމިއްލައަށް ހިތްވަރުދީ
ތަރުހީބުދިނުން (އަހަރެންނަށް މިކަން މިކުރެވުނީ ވަރަށް ރަނގަޅަށް، އެހެންމީހެއްގެ
އެހީއަކާނުލައި ނިންމާލެވުނުކަން ވަރަށް ރަނގަޅު)
§
އަމިއްލައަށް މަގުދައްކައި ކިޔައިދިނުން
ދަރިވަރުން
އަމިއްލައަށް ވާހަކަދައްކައި އުސޫލުން އެމީހުންގެ ސުލޫކު ވަކިގޮތަކަށް ބަހައްޓަން
މަސައްކަތްކުރާ ކުރުމެވެ. މިސާލަކަށް އަހަރެން އަމިއްލައަށް ހައްލުކުރަން ޖެހޭ
މައްސަލައަކީ ކޮބާ؟ އަހަރެން ރޭވިގޮތައްތަ ކަންތައްތައް މިކުރެވެނީ އަހަރެންނަށް
މިކަންތައްތައް ފުރިހަމަކުރުމަށް މިއުޅެވެނީ ރަނގަޅަށްތަ؟)
§
ކަންކަމާއި ކުރިމަތިލުމަށް ބޭނުންވާގޮތްތައް
ދަރިވަރުންނަށް ތަފާތު ކަންކަމާއި
ކުރިމަތިލާނެގޮތްތައް ބުނެދީ ކިޔައިދީ ހެދުން. މިސާލަކަށް ރުޅިކޮންޓްރޯލް
ކުރުމާއި، ތަފާތު އުނދަގޫ ހާސްވުންތަކާއި ކުރިމަތިލާނެ ގޮތްތަކާއި ތަފާތު ހާލަތްތަކުގައި
މުޢާމަލާތުކުރާއިރު ކަންކަމުގައި ރަނގަޅުގޮތްތަށް އަންދާޒާކޮށް ތަފާތު އަމިއްލަ
ވާހަކަ ދެއްކުމާއި މިސާލަކަށް: މިކަން އަހަރެންނަށް ވާނެ، ކުޑަކޮށް
ހަމަޖެހިލައިގެން ވިސްނާލުން މުހިންމު، މިހެދުނީ ވަރަށް ބޮޑު ގޯހެއް ނަމަވެސް
އެކަން ރަނގަޅުކުރަން އަހަރެންނަށް އިގޭ) ތަފާތު ކަންބޮޑުވުންތަކާއި
ކުރިމަތިލާނެގޮތްތައް ދަސްކޮށްދީ ހަމަޖެހުން ހޯދުމަށް ކުރެވިދާނެ ކަންކަމަށް
ދަރިވަރުން ތަމްރީން ކުރުން މުހިއްމެވެ.
No comments:
Post a Comment