Wednesday, May 28, 2014

އިމްތިޙާން ކުރުމާއި ވަޒަންކުރުން
 އުނގަންނައިދިނުމުގައި ދަރިވަރުންނަށް އެނގިފައިވާ މިންވަރެއް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުދިންގެ ފެންވަރު ބެލުމަކީ އެކަމުގެ ސަބަބުން މުދައްރުސުންނަށާއި، ދަރިވަރުން، އަދި ބެލެނިވެރިންނަށްވެސް ފައިދާތަކެއް ވެގެންދާނެކަމެކެވެ. އޭގެތެރޭގައި ކުއްޖާއަށް އެނދިފައިވާ މިންވަރެއް ދެނެގަނެވި، އިތުރަށް މަސައްކަތް ކުރަންޖެހޭނެ ބައިތަކާއި މަސައްކަތްކުރަން ޖެހޭނެ މިންވަރު ދެނެގަނެވެއެވެ. މިކަންތައްތައް ދެނެގަތުމަށް ދަރިވަރުން އިމްތިހާނުކޮށް ވަޒަންކުރަންޖެހެއެވެ.

އިމްތިހާނު ތަފާތު ގޮތްގޮތަށް ކުރެވެއެވެ. އޭގެތެރޭގައި ފިލާވަޅުގެ ތެރެއިން ސުވާލުކޮށްގެންނާއި، މަސައްކަތް ހަވާލުކޮށްގެންނާއި ޔުނިޓް ޓެސްޓު ނަގައިގެން އިމްތިހާނު ކުރެވެއެވެ.އަދި މަޒުމޫނު، ޕޯޓުފޯލިޔޯ، ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ހަވާލުކުރުމަކީވެސް އިމްތިހާނު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެވެ. މިގޮތުން އިމްތިހާނު ކުރުމުގެ ގޮތްތައް ތަފާތު 3 ގޮތަކަށް ބަހާލެވެއެވެ. އެއީ ޑައިގްނޯސްޓިކް، ފޯރމެޓިވް އަދި ސަމަރޓިވް އެވެ.
ޑައިގްނޯސްޓިކް:
ޑައިގްނޯސްޓިކް ޓެސްޓަކީ ކުދިންނަށް އެނގިފައިހުރި މިންވަރެއްބަލައި ގޮތެއް ނިންމުމަށް ދެވޭ ޓެސްޓުތަކެވެ. މިފަދަ ޓެސްޓުތަކުގައި ބޮޑަށް ބަލާނީ އެނގިފައިހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް ގެނެވިދާނެ ނުވަތަ އެނގިފައިހުރި އެއްޗެއްގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމަށެވެ. ޢާއްމުގޮތެއްގައި މިފަދަ ޓެސްޓުތައް ދެވެނީ ކޯހެއް ފަށާއިރު ނުވަތަ ޓާރމެއް ފަށާއިރުއެވެ. އެއީ އެކުދިން ވަންނަން އެދިފައިވާ ކޯސް ނުވަތަ ގްރޭޑެއްގެ ފެންވަރު ހުރިތޯ ބެލުމަށްޓަކައެވެ.
ފޯރމެޓިވް:
ފޯރމެޓިވް އިމްތިހާންތަކަކީ ފިލާވަޅުގެ ތެރެއިން ކުދިންނަށް އެނގިފައިވާ މިންވަރެއް ބެލުމަށް ނަގާ އިމްތިހާނު ތަކެވެ. މިއީ ކުލާހުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި ޔުނިޓް ޓެސްޓުފަދަ އިމްތިހާނުތަކެވެ.
ސަމަރޓިވް:

ސަމަރޓިވް އިމްތިހަނުތައް ނަގާނީ ކުދިންނަށް ދަސްވެފައިވާ މިންވަރެއް ދެނެގަތުމަށެވެ. މިއީ ޓަރމް ޓެސްޓް، ފައިނަލް ޓެސްޓުފަދަ އިމްތިހާނުތަކެވެ.

No comments:

Post a Comment