އުނގެނުމަށް ފަހި މާހައުލެއް އުފެއްދުން
އުނގަންނައިދިނުމަށް ފަހި މާހައުލެއް
އުފެއްދުމަށްޓަކައި ކްލާސްރޫމް މެނޭޖްމަންޓަކީ މުހިއްމު ދައުރެއް އަދާކުރާ
ކަމެކެވެ. އެގޮތުން ކުލާސް މެނޭޖްކޮށްފައި އޮންނަ ގޮތަކީ ކުދިންގެ ކިޔެވުމަށް
އަސަރުތަކެއް ކުރާ ކަމެކެވެ. އެގޮތުން ކްލާސްރޫމް ރަނގަޅަށް ރާވާލާފައި އޮތުމަކީވެސް
ފިލާވަލުތައް ކުރިޔަށް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. އަދި މީގެ
އިތުރުން ކުލާސްރޫމްގައި ހެދޭ ޤަވާއިދުތަކާއި އެ ޤަވާއިދުތަކާއި ޚިލާފުވެއްޖެނަމަ
އެޅޭނެ ފިޔަވަޅުތަކެއް ކަނޑައަޅާފައި ހުރުމަކީ މުހިއްމު ކަމެކެވެ.
ޝައުޤުވެރިކަމާއެކު ހުރިހާ ކުދިން ބައިވެރިކޮށްގެން ފިލާވެޅެއް ކުރިޔަށް
ގެންދިޔުމަށްޓަކައި ކުލާހުގެ މާހައުލަކީ އެކަށީގެންވާ ރަނގަޅު ތަނަކަށް
ވާންޖެހެއެވެ. އެގޮތުން ކުލާސްތެރޭގައި ހިނގާ ހުރިހާކަމެއް ވަރަށް ރަނގަޅަށް
އޮބްޒާވް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ކިޔަވައި ދިނުމުގައި ދިމާވާ ތަފާތު
އުނދަގޫތައް ހައްލުކުރަން ދަންނަ މުދައްރިސަކަށް ކޮންމެ މުދައްރިސަކުވެސް
ވާންޖެހެއެވެ. މިސާލަކަށް ތަފާތު އަޑުތައް އިވެމުން ދިޔުމަކީ ކިޔަވައިދޭ
އެއްޗަކަށް ކުދިންގެ ސަމާލުކަން ހޯދުމަށް އުނދަގޫވާނެ ކަމެކެވެ. އެހެންކަމުން
އެކަންތައްތައް ހުއްޓުވަން މުދައްރިސް މަސައްކަތްކުރަން ޖެހެއެވެ.
ކުލާސްރޫމަކީ ދަރިވަރުންނަށް
އުނގެނުމަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި ދަރިވަރުންގެ އެއްބާރުލުން
ހޯދިދާނެއެވެ. އެގޮތުން އަޚްލާޤީ މައްސަލަތައ ހައްލުކޮށް، ކްލާސްރޫމުގައި ހިންގޭ
ތަފާތު ހަރަކާތްތައް ހިންގުމުގައި ދަރިވަރުންގެ މަޝްވަރާ އާއި އެހީތެރިކަން ހޯދިދާނެއެވެ.
އަމާންކަމާއި އޮމާންކޮށް
މަސައްކަތްތައް ގެންދިޔުމުގައި ކުދިން މަސައްކަތުގައި ޝާމިލުކުރުވުމަކީ
މުހިއްމުކަމެވެ. ކުދިން މަސައްކަތުގައި ޝާމިލުކުރުވުމަށް ހަވާލުކުރެވޭ މަސައްކަތް
ވަރަށް ސާފުކޮށް ކިޔައިދީ ރަނގަޅު އިރުޝާދު ދޭންޖެހޭނެއެވެ. އަދި މަސައްކަތް
ކުރަމުންދާއިރު އެކުދިން މަސައްކަތް ކުރޭތޯ ބަލާ ޗެކް ކުރަންޖެހެއެވެ. އަދި ހަމަ
އެގޮތަށް ކައިރިކައިރިން ދަރިވަރުންނަށް ފީޑްބެކް ދިނުމަކީވެސް މުހިއްމުކަމެކެވެ.
No comments:
Post a Comment