އެޑްރެސިންގް
ސްޓޫޑެންޓް ޑައިވާރސިޓީ
ދަރިވަރުންގެ މެދުގައި ފަރުދީގޮތުން
ހުންނަ ތަފާތުތަކާއި އެކު ހުރިހާ ކުދިންނަށް އެއްމިންވަރަކަށް އުނގަންނައިދިނުން
ކާމިޔާބުކުރުމަށްޓަކައި އެޑެޕްޓިވް ޓީޗިންގް (ހޭނެނިވި އުނގަންނައިދިނުން) އަކީ
ވަރަށް ފައިދާހުރި ގޮތެކެވެ. އެއީ ދަރިވަރުންގެ މެދުގައި ހުންނަ ފަރުދީ
ތަފާތުތަކާއި އެކުވެސް އެކުދިންނަށް އުނގަންނައިދިނުމުގެ ލަނޑުދަނޑި ހާސިލްކުރެވޭ
ގޮތަށް މުދައްރިސް ހޭނިގެން އުނގަންނައިދިނުމެވެ. މީގައި ދެ އެޕްރޯޗެއްވެއެވެ.
އެއީ:
ރިމީޑިއޭޝަން އެޕްރޯޗް: މިއީ
ދަރިވަރުންނަށް ދޭން ގަސްތުކުރާ އިރުޝާދުގެ ކުރިން އެކަމަށް އެކުދިން ހޭނުވުމުގެ
ގޮތުން ކޮންމެވެސް ކަހަލަ މައުލޫމާތެއް ނުވަތަ ހުނަރެއް ނުވަތަ ސުލޫކެއް
ފޯރުކޮށްދިނުމެވެ. މީގެ މިސާލަކީ އެ އިރުޝާދަކާއި ގުޅޭ ކުރު ވާހަކައެއް ކަހަލަ
އެއްޗެއް ކިޔައިދިނުމެވެ.
ކޮމްޕެންސޭޓްރީ އެޕްރޯޗް: މިއީ
ދަރިވަރުންގެ ކިބައިގައި މައުލޫމާތު ލިބިގަތުމުގައި ހިމެނޭ އުނިކަމާއި ކުރިމަތިލުމުގައި
އާދައިގެ ކުދިންނަށް ބޭނުންކުރެވޭ ގޮތްތަކުގެ އިތުރުން ކަންތައްތައް ހިމަނައިގެން
ކިޔަވައިދިނުމުގެ އުސްލޫބަށް ބަދަލުގެނައުމެވެ. މިސާލަކަށް ކުރެހުން ނުވަތަ
ފޮޓޯފަދަ ތަކެތި ދައްކައިގެން ކިޔަވައިދިނުމެވެ. ނުވަތަ ކުދިންގެ މެދުގައި
ހިތްހަމަ ނުޖެހުމާއި އެކުވެރިކަން ނެތްނަމަ އެކަމުގެ ގެއްލުންތައް އަންގައިދޭ
ވީޑިއޯއެއްފަދަ އެއްޗެއް ދައްކައިދިނުމެވެ.
އުނގަންނައި ދިނުމުގައި ހުންނާނެ
އާއްމު އިންޓެލިޖެންސްގެ ތަފާތުތަކަކީ:
·
އަވަހަށް
ދަސްކުރާކުދިންނާއި ލަހުން ދަސްކުރާކުދިން ތިބުން.
·
ވިސްނުން
ރަނގަޅުވުން، މައްސަލަ ހައްލުކުރުން، އަވަހަށް އުނގެނުން.
އާއްމު
އިންޓެލިޖެންސްގެ ދެ ދާއިރާއަކީ ތިމާވެށީގެ ދާއިރާ (އިޖުތިމާޢީ ހާލަތާއި
ވަށައިގެންވާ ވެށީގެ ބަހާތަކުގެ ސަބަބުން) އާއި ވިރާޘީ ދާއިރާ (ޖެނެޓިލް
ބަހާތަކުގެ ސަބަބުން) އެވެ.
ދަރިވަރުން
އުނގަނުމުގެ ތަފާތު ވައްތަރުތަކަކީ ބަލައިގެން، އަޑުއަހައިގެން އަދި ކޮށްގެން
އުނގެނުމެވެ. ބަލައިގެން އުނގެނޭ ދަރިވަރުންނަކީ ފެންނަން ހުންނަ ތަކެތި (
މައިންޑް މެޕް، ވީޑިއޯ، ފޮޓޯ، ޗާޓް) ފަދަ ތަކެތި ބޭނުންކޮށްގެން ދަސްކުރަން
ފަސޭހަކުދިންނެވެ. އަޑުއަހައިގެ ދަސްކުރާކުދިންނަކީ ބާރަށް ކިޔައިގެން ދެކުދިން
ދެކުދިން ވާހަކަ ދައްކައިގެން އަޑު އަޑު ލައްވައި ރާގުރާގަށް ފައްތައިގެން
ދަސްކުރުމަށް ޝައުޤު ހުންނަކުދިންނެވެ. ކޮށްގެން ދަސްކުރާކުދިން އާއްމުގޮތެއްގައި
ދަސްކުރުމުގައި ކީ ޕޮއިންޓްތައް ފާހަގަކޮށް ހަރަކާތް ދައްކައި ޑިޒައިން ދައްކައި،
ނޯޓްސް ނަގައިގެން ދަސްކުރުމަށް ޝައުޤުވެރިކަން ހުރެއެވެ.
No comments:
Post a Comment