Sunday, May 25, 2014

ކޮންސްޓްރަކްޓިވިސްޓް ޕާރސްޕެކްޓިވްސް
ކޮންސްޓްރަކްޓިވް ތިއަރީގެ އިލްމުވެރިން ގަބޫލުކުރާގޮތުގައި ޢިލްމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްޗެއްނޫނެވެ. ނަމަވެސް އުނގެނުން ބިނާވަނީ ކުދިން އުފެދި ބޮޑުވާ މަރުހަލާތަކާއި ގުޅޭގޮތުން ވިސްނޭވިސްނުންތަކާއި އަދި ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ހަރަކާތްތަކެއް މެދުވެރިކޮށެވެ. މި ޚިޔާލު ބިނާވެފައިވަނީ ޕިއާޖޭއާއި ވައިގޮޓްސް ކީ ގެ ތިއަރީގެ މައްޗަށް ބިނާކޮށެވެ.
ޕިއާޖޭ ފާހަގަކުރާ ގޮތުގައި ކުދިންގެ މަޢުލޫމާތު ބިނާވެގެން އަންނަނީ ކުއްޖާ ޢުމުރުން ބޮޑުވަމުން އަންނަ ވަރަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ވިސްނުން މެދުވެރިކޮށެވެ. އެގޮތުން ޕިއާޖޭ ވަނީ ކުއްޖާގެ އުމުރުފުރާގެ ވިސްނުން ތަފާތު މަރުހަލާތަކަކަށް ބަހާލާފައެވެ. ފުރަތަމަ މަރުހަލާ އަކީ ސެންސޮރީމޮޓޯ މަރުހަލާއެވެ.
އެއީ 0އަހަރުން ފެށިގެން 2 އަހަރާ ދެމެދުއެވެ. މި މަރުހަލާގައި ކުދިންގެ ވިސްނުން ބިނާވެފައިވާނީ ހަމައެކަނި ޙިއްސުތަކުން ދެނެގަނެވޭ އިޙްސާސްތަކުގެ މައްޗަށެވެ. ދެވަނަ މަރުހަލާ އަކީ ޕްރީ އޮޕަރޭޝަނަލް މަރުހަލާއެވެ. މިއީ 2 އަހަރުން ފެށިގެން 7 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މި އުމުރުގެ ކުދިން މާހައުލުން ފެންނަ ކަންކަން ކޮޕީކުރާނެއެވެ. އަދި އެކުދިންގެ ވިސްނުން ބިނާވެފައި ހުންނާނީ ފެންނަ ފެނުންތަކުގެ މައްޗަށެވެ.
ދެން އޮތް މަރުހަލާއަކީ ކޮންކްރީޓް އޮޕަރޭޝަނަލް މަރުހަލާއެވެ. މިއީ 7 އަހަރުން 11 އަހަރާއި ދެމެދުގެ އުމުރުފުރާއެކެވެ. މި ޢުމުރުގެ ކުދިން ފެންނަކަންކަމާއި އެއްކޮށް ލޮޖިކާއި ރޭޝަނަލް ބޭނުންކޮށްގެން ކަންކަމާއިމެދު ވިސްނާނެއެވެ. އެންމެ ފަހު މަރުހަލާއެއްގެ ގޮތުގައި ޕިއާޖޭ ކަނޑައަޅާފައިވަނީ ފޯމަލް އޮޕަރޭޝަނަލް މަރުހަލާއެވެ. އެއީ 11 އަހަރާއި 18 އަހަރާއި ދެމެދެވެ. މި މަރުހަލާގައި، ކުރިން އިސްވެދިޔަ ހުރިހާ މަރުހަލާއެއްގައި ވިސްނުން ދިޔަގޮތާއެކު އިތުރަށް ވެފައި ހުރި ކަންކަމުގެ މައްޗަށް ވިސްނާ މުސްތަޤްބަލުގައި ކަންވެދާނެ ގޮތުގެ މައްޗަށް އަންދާޒާ ކުރާނެއެވެ.
ވައިގޮޓްސް ކީ ގެ ތިއަރީގައި ބުނާގޮތުން މައުލޫމާތު ބިނާކުރެވެނީ ކުއްޖާގެ ވިސްނުމާއި އުމުރާއި ގުޅޭ ފަދަ ގޮތެއްގައެވެ. މިގޮތުން މިތިއަރީގައި ވައިގްޓްސް ކީ ފާހަގަކުރާ މައިގަނޑު ކޮންސެޕްޓަކީ ޒޯން އޮފް ޕްރޮކްސިމަލް އާއި ސްކެފޯލްޑިންގް އެވެ.
ކޮންސްޓްރަކްޓިވިޒަމް ކުލާހެއްގެ ބައެއް ސިފަތައް
·        ދަރިވަރުން އަމިއްލައަށް މައުލޫމާތު ހޯދާ، ދޭހަވެ، ދެނެގަނެ، މައްސަލަ ހައްލުކުރާނެ ތަފާތުގޮތްތަކެއް ބުނެދިނުން.
·        ކުދިންގެ ކިބައިގައިވާ ތަފާތު ތޫނުފިލިކަމުގެ ވައްތަރުތައް ވާހަކަދައްކާ ޚިޔާލު ބަދަލުކުރާނެ ފުރުޞަތު ދިނުން.

·        ގިނަކުދިން އެކުގައި މަސައްކަތްކުރުމަށް ހިތްވަރުދިނުން

No comments:

Post a Comment