ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ
އުނގަންނައި ދިނުމުގެ ދާއިރާގައި
ހަރަކާތްތެރިވަމުން އަންނަ ކޮންމެ މުދައްރިސަކީވެސް އުނގަންނައިދިނުމުގެ ހުނަރާއި
މައުލޫމާތު ހުރި ބައެއްކަމުގައި ވާންޖެހެއެވެ. އެހެންކަމުން މުދައްރިސުން،
އެމީހުންގެ މަސައްކަތްތައް ވަކި އުޞޫލަކާއި ހަމަތަކެއްގެ މަތިން ބިނާކުރުން ވަރަށް
މުހިއްމެވެ. އެގޮތުން ދަރިވަރުންގެ ވިސްނުން ތަރައްޤީވަމުން އަންނަގޮތާއި،
ދަސްކުރާގޮތް ދެނެގަނެ މާހައުލާއި، ޘަޤާފަތުން އަދި އިޖުތިމާޢީ ގުޅުންތަކުގެ
ސަބަބުން ދަރިވަރުގެ އުނގެނުމަށްކުރާ އަސަރު ދެނެގަތުމަކީ މުދައްރިސުންނަށް
ކުރެވިދާނެކަމެކެވެ.