Monday, April 14, 2014

ކޮގްނިޓިވް ލާރނިންގ ތިއަރީ
ކޮގްނިޓިވް ލާރނިންގ ތިއަރީ ބިނާވެފައިވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވާލައިގެން ވިސްނުމަށާއި ސުލޫކަށް އަންނަ ބަދަލަކަށެވެ.  އެހެންކަމުން މި ތިއަރީގައި ބޮޑަށް އިސްކަންދީފައިވާނީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްޖާގެ އުނގެނުމަށް ކުރާ އަސަރުތަކަށެވެ. މި ތިއަރީގައި އެންމެ ޚާއްސަކަމެއް ދީފައިވަނީ ސިކުނޑީގައި މައުލޫމާތު ރައްކާތެރިކޮށް ބޭނުންކުރާނެ ގޮތް ދައްކުވައިދޭ މޮޑެލްއަށެވެ. އެއީ އިންފޮމޭޝަން ޕްރޮސެސިންގ މޮޑެލްއެވެ. މި މޮޑެލްގައިވާ ގޮތުން ކުއްޖާގެ ސިކުނޑިއަށް މައުލޫމާތު ވަންނަ ތިން ޖާގައެއްވެއެވެ. އެއީ ސެންސަރީ ރެޖިސްޓަރ، ވާރކިންގ މެމޮރީ އަދި ލޯންގޓާރމް މެމޮރީ އެވެ.

Friday, April 11, 2014

ބިހޭވިއަރަލް ލާރނިންގ ތިއަރީ
މިތިއަރީގައި އުނގެނުމަކީ، ތަޖުރިބާއެއްގެ ސަބަބުން އުނގެނޭފަރާތުގެ ވިސްނުމަށާއި ސުލޫކަށް އަންނަ ދާއިމީ ބަދަލެކެވެ. މިބަދަލަކީ ގަސްދުގައިވެސް އަދި ގަސްދަކާ ނުލާވެސް ގެނެވިދާނެ ބަދަލެކެވެ. މިސާލަކަށް މީހަކު ތިމާގެ ނަމުން ގޮވައިލުމުން އެނބުރި ބަލާލުމަކީ ބޭރުފުށުން އޭނާގެ ފަރާތުން ހާމަވި ސްލޫކެއް ކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް ސްކޫލަށް ބަލާލާއިރު އިންޓަވަލް ގަޑީގެ ރަނގަބީލްގެ އަޑަށް ކުދިންތައް ގެޔަށްދާން ތައްޔާރުވުމަކީވެސް އެކުދިންގެ ސްލޫކަށް އައި ބަދަލެއްކަމަށް ބެލިދާނެއެވެ. މިއަށް ކިޔަނީ ކްލެސިކަލް ކޮންޑިޝަނިންގ އެވެ.