އެޑިޔުކޭޝަނަލް ސައިކޮލޮޖީ
އެޑިޔުކޭޝަނަލް ސައިކޮލޮޖީ އަކީ
އުނގަންނައިދިނުމުގެ މާހައުލުގައި ހޯދޭ ހޯދުންތަކެވެ. އަދި އުނގަންނައިދިނުމުގައި
ދިމާވާ އެކިއެކި މައްސަލަތަކާއި އެ މައްސަލަތައް ދެނެގަނެ ހައްލުކުރާނެގޮތްތަކާއި،
އުނގަންނައިދިނުމާ ގުޅިފައިވާ އެކިއެކި ތިއަރީތަކާއި މި ތިއަރީތައް ބޭނުންކުރާނެ
ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. ތާރީޚަށް ބަލާއިރު، މި ޢިލްމު ތަފާތު އެކި
މަރުހަލާތަކަށް ބަދަލުވެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މި އިލްމުގައި ބެލެވިފައިވަނީ ފަރުދީތަފާތުތަކަށާއި ހާސިލު
ކުރެވޭ މިންވަރުތައް ދެނެގަތުމަށެވެ.
ނަމަވެސް ފަހުގެ ތާރީޚެއްގައި ދަރިވަރުންގެ ވިސްނުން ތަރައްގީވަމުން އަންނަގޮތާއި ދަސްކުރާގޮތް ދެނެގަތުމުގެ އިތުރުން ދަރިވަރު ދިރިއުޅޭ ވެށްޓާއި ޘަގާފަތުން އަދި އިޖްތިމާއި އެކި އެކި ގުޅުންތަކުގެ ސަބަބުން ދަރިވަރުގެ އުނގެނުމަށާއި ކުރިއެރުމަށް އަންނަ އަސަރުތައް ދެނެގަތުމަށްޓަކައި ސައިކޮލޮޖިސްޓުން ވަނީ ދިރާސާތަކެއް ކޮށްފައެވެ. އެހެންކަމުން ފެށުނީއްސުރެވެސް އެޑިޔުކޭޝަނަލް ސައިކޮލޮޖީ އާއި އުނގަންނައިދިނުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް ފަހުގެ ތާރީޚެއްގައި ދަރިވަރުންގެ ވިސްނުން ތަރައްގީވަމުން އަންނަގޮތާއި ދަސްކުރާގޮތް ދެނެގަތުމުގެ އިތުރުން ދަރިވަރު ދިރިއުޅޭ ވެށްޓާއި ޘަގާފަތުން އަދި އިޖްތިމާއި އެކި އެކި ގުޅުންތަކުގެ ސަބަބުން ދަރިވަރުގެ އުނގެނުމަށާއި ކުރިއެރުމަށް އަންނަ އަސަރުތައް ދެނެގަތުމަށްޓަކައި ސައިކޮލޮޖިސްޓުން ވަނީ ދިރާސާތަކެއް ކޮށްފައެވެ. އެހެންކަމުން ފެށުނީއްސުރެވެސް އެޑިޔުކޭޝަނަލް ސައިކޮލޮޖީ އާއި އުނގަންނައިދިނުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަން ފާހަގަ ކުރެވެއެވެ.
ކުއްޖާގެ ވިސްނުމާއި ސުލޫކަށް އަންނަ
ބަދަލުތައް ދެނެގަތުމަށްޓަކައި އެޑިޔުކޭޝަނަލް ސައިކޮލޮޖީއަކީ ކޮންމެ
މުދައްރިސަކަށްވެސް އެނގިފަ އޮތުން މުހިންމު އިލްމެކެވެ. އަދި މި ޢިލްމުގެ
ސަބަބބުން އުނގަންނައިދިނުމުގައި ދަރިވަރުންނާއި ގުޅޭ ގޮތަށް އުނގަންނައިދިނުން
ބައްޓަން ކުރަން ފަސޭހަވެގެންދާނެއެވެ. ހަމައެއާއެކު އުނގަންނައިދިނުމުގެ މަސައްކަތް
ދެނެގަތުމުގައި، މިކަމާއި ގުޅޭގޮތުން ހެދިފައިވާ އެކިއެކި ތިއަރީތަކުގެ ބޭނުން
ހިފިދާނެއެވެ. އުނގަންނައިދިނުމުގައި މި ތިއަރީތަކަކީ ދޭދޭ ކުދިންގެ މެދުގައި
ހުންނަ ވިސްނުމުގެ ތަފާތުތަކާއި އެކި ކުދިން އުނގެނުމުގައި ގެންގުޅޭ ގޮތްތައް
ދަސްކުރުމަށް މަގުފަހި ވެގެންދާނެ ތިއަރީ ތަކެކެވެ. އެޑިޔުކޭޝަނަލް ސައިކޮލޮޖީއާއި
އޭގެ ތިއަރީތަކަކީ އުނގަންނައިދިނުމުގައި މުދައްރިސުންނަށް ވަރަށް މުހިއްމު އަދި
އުނގަންނައިދިނުން ކާމިޔާބުކުރުމަށްޓަކައި ވަރަށް ބޭނުންތެރި ބައިތަކެއްކަމުގައި
ޤަބޫލުކުރެވެއެވެ.
ރަނގަޅު ނަަމަވެސް އެޑިޔުކޭޝަލް ސައިކޮލަޖީގެ ބައެއް ތިޔަރީތައް ހިމަނާލި ނަމަ މިޔަށްވުރެން ރަނގަލުވާނެ ކަމަށް އަލުގަނޑަށް ފެނޭ
ReplyDeleteމިސާލުތަކަކާއެކީ ލިޔުން ހިއްސާކޮށްލިނަމަ އަދި ވަރަށް ފުރިހަމަވީސް.
ReplyDeleteރަނގަޅު ލިޔުމެއް. އެކަމަކު ލިޔުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެޑީއުކޭޝަނަލް ސައިކޮލަޖީގެ ތިއަރީތައް ބުނެދިނުމަށފަހު، އޭގެ މުހިންމުކަން ބަޔާންކޮށްލިނަމަ އަދި މިއަށްވުރެ ފުރިހަމަ ވީސް .
ReplyDeleteތިއަރީތަކުގެ ވާހަކަ ބުނެދީފައިވާއިރު އެއީ ކޮންކޮން ތިއަރީ ތަކެއްކަންވެސް ގެނެސްދިންނަމަ މިއަށް ވުރެ ފުރިހަމަވީސް
ReplyDeleteމިސާލުތަކާއި ތިއަރީތަކުގެ ވާހަކަ މިއަށްވުރެ ތަފްސީލުކޮށް ގެނެސްދިންނަމަ މި ލިޔުން އިތުރަށް މުއްސަނދިވީސް.
ReplyDeleteފުރިހަމަ ލިޔުންކޮޅެއް. އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ތިއަރީތަކަކީ ކޮބައިކަން މިސާލާއެކު ހިމަނާލުމުން މިލިޔުން އިތުރައް ފުރިހަމަވާނެއެވެ.
ReplyDeleteމި ލިޔުންކޮޅު ގައި ހިމަނާފައިވާ ޢިބާރަތްކޮޅު ވަރަށްވެސް ފުރިހަމައެވެ. ނަމަވެސް މިސާލާއެކު ބަޔާންކޮށްދެވިފައިވިނަމަ މި ލިޔުން މިއަށްވުރެ ފުރިހަމަވީސް
ReplyDelete